-->
`

ބީލަން

އެޓޯލް ރޭންޖަރ ލާންޗުގެ 200 ހޯސްޕަވަރ 4-ސްޓްރޯކު 1 ޔަމަހާ އިންޖީނު އޯވަރހޯލްކުރުން

31 އޮކްޓޯބަރ 2016 (IUL)438-AU/1/2016/179
Expired

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެޓޯލް ރޭންޖަރ 1 ލޯންޗުގެ 200 ހޯސްޕަވަރ 4 ސްޓްރޯކް އިންޖީނު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
1. މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެދަށުން 11 ފެބްރުއަރީ 2009ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދަށް 31 އޮކްޓޯބަރ 2010ގައި އިތުރުކުރެވުނު “ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓު” ގެ ދަށުންނެވެ.
2. ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
3. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ މައުލޫމާތު ޝީޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ވެބް ސައިޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ޔުނިޓްއަށް ([email protected]) މެއިލް ކުރުމުން އެފަރާތަކަށް ފޯރުކޮށްދެވޭނެއެވެ.
4. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ގެ ބައްދަލުކުރާ ކޮޓަރީ ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.
5. ބަންދުކުރެވިފައިވާ ބީލަންތައް 2016 ނޮވެމްބަރ 10 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަން ހުޅުވާނީ މަތީގައި ދެންނެވުނު ގަޑީގައި ތިރީގައިވާ އެޑްރެހަށް ވަޑައިގަންނަވާ ބީލަންހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ޙާޟިރުގައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ.


  • In Progress
  • Ended
  • Cancelled
  • Awarded

  • ޑިޕާޓުމެންޓު
    ކޯޕޮރޭޓް
  • ހުށަހަޅަންޖެހޭ ތާރީޚު
    10 ނޮވެމްބަރ 2016 10:30:00